ޚަބަރު ސަރުކާރު

ޖަޒީރާ ގައުމަކަށް ވާތީ ގިނަ އެއާޕޯޓުތަކެއް އަޅަން ޖެހޭ: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ދިއްދޫގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖެއަކީ ޖަޒީރާތަކުގެ މައްޗަށް އުފެދިފައިވާ ގައުމަަކަށްވާތީވެ ގިނަ އެއާޕޯޓްތައް އަޅަން ޖެހޭ ކަމަށް ވިދާޅުވެ، ވާދަވެރި ފަރާތްތަކުން ދައްކަމުން ގެންދަވާ ވާހަކަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އެއާޕޯޓްތައް އަޅާ ވާހަކަ ވިދާޅުވަމުން ގެންދަވާތީވެ އިދިކޮޅު ފަރާތްތަތަކުގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ކަމަށެވެ. އެ ބޭފުޅުން ވިދާޅުވަނީ ''ކޮންމެ ދަތުރެއްގައި އެއާޕޯޓް އަޅާ ވާހަކަ ދައްކަނީއޭ'' އިދިކޮޅު ފަރާތްތަަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

އެއަށް ފަހު ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ މީގެ ކުރިން ރާއްޖެ އޮތް ގޮތް ނޫންގޮތަކަށް ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ. އެހެންވެ އެއާޕޯޓްތައް އެޅުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގެ މީހުން ދިރިއުޅޭ ޑިސްޓްރިބިއުޝަން އޮތް ގޮތުން ރާއްޖެ ތަރައްގީކުރާއިރުގައި ކުރީގައި އޮތް ގޮތަށް ނޫން ރައްޔިތުން ބޭނުންވަނީ ރާއްޖެ އޮންނަން، ކޮންމެހެން ބޭނުންވާ ކަމެއް އެއާޕޯޓް އެޅުމަކީ.... އެއާޕޯޓް އަޅަން ޖެހޭ، ވައުދުވަނީ އެކަން ކުރަން ޖެހޭ ކަމަށް ގަބޫލުކޮށްގެން.

ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓް އަޅާނެ ކަމަށް ވައުދުވެވަޑައިގަންނަވަނީ އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. އެއީ ރައްޔިތުން ހިތްހަމަ ޖެއްސުމުގެ ނިޔަތުގައި ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އެގޮތުން ދިއްދޫގައިވެސް އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެއާޕޯޓް އަޅާނީ ރަށުން އިތުރު ބިންވެސް ހިއްކަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!