Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސްގެ ވައުދާ އެއްގޮތަށް، ސާފްބޯޑަށް މޯލްޑިވިއަނުން ނަގާ ޗާޖު ކުޑަކޮށްފި

ރައީސްގެ ވައުދާ އެއްގޮތަށް، ސާފްބޯޑަށް މޯލްޑިވިއަނުން ނަގާ ޗާޖު ކުޑަކޮށްފި

ގައުމީ އެއާލައިނުން މޯލްޑިވިއަނުން ސާފްބޯޑަށް ނަގާ ޗާޖު މިއަދު ކުޑަކޮށްފިއެވެ.

އާންމުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިދޔަ ބުދަ ދުވަހުގެ ޕްރޮގްރާމްގައި މީހަކު ވަނީ ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ސާފް ބޯޑު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން އުފުލުމަށް ނަގާ ފީ ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން މާލެއިން ގައްދޫއަށް އައުމަށް ދެކޮޅު ޓިކެޓާއި ސާފް ބޯޑަށް ނަގާ ޗާޖާ އެކު 800 ޑޮލަރު އަރާކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސާފްބޯޑަށް މޯލްޑިވިއަނުން ނަގާ ޗާޖު ކުޑަކޮށް ދެއްވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ވަނީ، ސާފްބޯޑަށް އެ އެއާލައިނުން ނަގާ ޗާޖު ކުޑަކޮށްފައިވާ ކަމަށެވެ.

އެގޮތުން 86 އިންޗި ދިގު، ހަ އިންޗިއާއި ދިހަ އިންޗި ފުޅާމިނުގައި ހުންނަ ސާފްބޯޑުގެ އަގު 33 ޕަސަންޓު ކުޑަކޮށްފައިވެއެވެ. އަދި 86 އިންޗި ދިގު، ފަސް އިންޗި ފުޅާމިނުގައި ހުންނަ ސާފްބޯޑުގެ އަގު ވަނީ 66 ޕަސަންޓު ކުޑަކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް