ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ވެރިން ނުގެންގުޅުއްވާ ސްޕީޑް ރައީސް ގެންގުޅުއްވާ: ޝިޔާމް

ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ވެރިން ނުގެންގުޅުއްވާ ސްޕީޑް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޝިޔާމް ވިދާޅުވީ ރައީސް މުޢިއްޒުގެ ހަގީގީ ސްޕީޑުގެ ފަސް އަހަރު ވެގެންދާނީ ރާއްޖޭގައި މިހާރު ހުރި އަސާސީ މައްސަލަތަކާއި، ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލުވެގެންދާނެ ވަރުގެ ބާރު ސްޕީޑުގެ ޒައާމަތަކަށް ކަމަށެވެ.
އަދި ރައްޔިތުންގެ ކަންކަމާއި ދާއިރާތަކަށް ތަރައްގީ ގެނައުމުގައި ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ވެރިން ނުގެންގުޅުއްވާ ސްޕީޑް ރައީސް މުއިއްޒު ގެންގުޅުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނިސްބަތްވާ ޕާޓީގެ މެމްބަރުންތަކެއް މަޖިލީހަށް ގެނެވިގެން ނޫން ގޮތަކަށް ރައީސް މުއިއްޒުގެ ހަގީގީ ސްޕީޑް ފެނިގެން ނުދާނެ ކަމަށާއި މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް މުހިންމު ކަމެއްް ކަމަށް ޝިޔާމް ވިދާޅުވިއެވެ.