ޚަބަރު ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތާއީދެއް ނުލިބުމުން ހައިޟުވުމުން ޗުއްޓީ ދޭން ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ހައިޟުވުމާ ގުޅިގެން އެއް ދުވަހުގެ ޗުއްޓީއެއް ދޭން ލާޒިމްކޮށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ތާއީދު ނުލިބުމުން އެ އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

Ads by Hajj Corporation

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅި އެ އިސްލާހުގައި ބުނެފައިވަނީ ވަޒީފާގެ ޤާނޫނުގައި ބުނާ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަަށް ހައިޟުވުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށެވެ.

ސިރާޖާ ހަވާލާދީ "ސަން" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ބިލާ މެދު ރޭ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ވޯޓަށް އަހާފައިވާ ކަމަށާއި މެމްބަރުން ވޯޓު ދެއްވީ އެ އިސްލާހު ހުށަހަޅަން ނުފެންނަ ކަމަށެވެ. ޕީޖީ ގްރޫޕުގެ ތާއީދު ނުލިބުމުން އިސްލާހު އަނބުރާ ގެންދަވާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މި އިސްލާހު ގެންނަން ހުށަހެޅި ބޭނުމެއް ކަމަށް ބިލުގައި ސިރާޖު ވިދާޅުވެފައިވަނީ، އަންހެން މުވައްޒަފުން ހައިޟުވާ ދުވަސްވަރު އުފުލާ ތަކުލީފުތައް ގަބޫލުކޮށް ހައިޟުގެ މުއްދަތުގައި ޗުއްޓީ ދިނުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެ އަމަލު ކުރަމުން އަންނަ އުސޫލަކަށްވާތީ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!