ދުނިޔެ

ޓައިވާނަށް އަރަގަތުމުގެ ޤާބިލްކަން ޗައިނާގެ އެބަހުރި: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްހިންގުމަށް އެމެރިކާއިން ނޮމިނޭޓްވި އެޑްމިރަލް ސެމިއުލް ޕަޕަރޯ ވަނީ ޓައިވާނަށް އަރައިގަތުން ސިއްރުކުރުމަށް އަސްކަރީ ތަމްރީނުތައް ބޭނުންކުރުމުގެ ޤާބިލުކަން ޗައިނާއަށް ވަރަށް އަވަހަށް ލިބިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.

Ads by Sosun Fihaara

ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ސިލިކަން ވެލީގައި ޑިފެންސް އިނޮވޭޝަން ޔުނިޓުން ބޭއްވި ކޮންފަރެންސްގައި ޕަޕާރޯ ވަނީ އެމެރިކާގެ ދިފާއީ ބާރުތައް ހަރުދަނާކުރުމަށް ކުރިއަރަމުން އަންނަ ވިޔަފާރީގެ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފުމުގައި ޕްރައިވެޓް ސެކްޓާއަށް އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ކުރިމަތިވަމުންދާ ނުރައްކަލާއި، ބެއިޖިން ހުއްޓުވުމަށް އެމެރިކާއިން އާ ޓެކްނޮލޮޖީތައް ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ޕަޕާރޯ ވިދާޅުވި އެވެ. އަދި މި އުންމީދުތަކުގެ ތެރޭގައި ދުނިޔެއާއި ވެސްޓް ޕެސިފިކް، ސައުތު ޗައިނާ ސީ އަދި "ޓައިވާނަށް މާ ބޮޑަށް" ބޭނުންވާ ކަންކަން ހިމެނޭ ކަމަށް ޓައިވާން ނިއުސް އިން ބުނެއެވެ.

ޕަޕާރޯ ވިދާޅުވި ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ޕީއެލްއޭގެ ފޯސް ލެވެލް އާއި އެ ބާރުތަކުގެ "ޖޮއިންޓްނެސް" އަށް "ސްޓެޕް ލެވެލް ބަދަލުތަކެއް" އައިސްފައިވެ އެވެ. އަދި މިކަންކަމުގެ ސަބަބުން، ޕީ.އެލް.އޭ.ގެ ރިހާރސަލްތަކާއި، ގުޅިފައިވާ ޤާބިލުކަން ދައްކުވައިދޭ ރިހާސަލްތަކާއި، އިންޒާރުތައް އިތުރުވަމުންދާމިންވަރު ހާމަވެގެންދާއިރު، ޗައިނާގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ބޭނުންވާ މިންވަރަށް ޗައިނާ އަށް ވަރަށް އަވަހަށް ވާޞިލުވާނެކަން ދޭހަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު ޕަޕާރޯ ވިދާޅުވީ "ސްޓްރެޓެޖިކް އޮޕަރޭޝަނަލް އަދި ޓެކްޓިކަލް އިންޒާރު ގެއްލުމަކީ ހަގީގަތެއް" ކަމަށާއި ޗައިނާގެ ހަމަލާއެއްގެ އިންޒާރުގެ ނިޝާންތައް ދެނެގަތުމުގައި އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ ގާބިލުކަމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަކީ އެކުވެރިންނާއި ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ ގޮތެއްގައި ތިބުމުގެ ގާބިލުކަމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށާއި ޗައިނާއިން "ބާރުގެ ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރަން ނިންމައިފިނަމަ ޓައިވާނުގެ ދިފާއުގައި ތައްޔާރަށް ތިބުމަށް ބުރޫއަރާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!