ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން މިފަހުން ނިންމި ބައެއް މައްސަލަތަކުގައި ގާނޫނީ ބޮޑެތި ގޯސްތައް ހެދިފައި އެބަހުރި ކަމަށް
ސުޕްރީމް ކޯޓުން މިފަހުން ނިންމި ބައެއް މައްސަލަތަކުގައި ގާނޫނީ ބޮޑަތި ގޯސްތައް ހެދިފައި އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު އަހުމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ.
އެކޯޓުން މިގޮތަށް ހުކުމް ކުރެއްވީ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައި މައްސަލައާ ގުޅިގެންނެވެ.
ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވިދާޅުވީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށާއި އެގޮތަށް އޮންނަނީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްގޮނޑި ތަމްސީލް ކުރައްވާ މެންބަރަކީ އެތައް ހާސް ރައްޔިތުންގެ މަސްލަހަތު ތަމްސީލްކުރާ މަންދޫބެއް ކަމަށާއި ޖަލްސާއަށް އެ މެންބަރަކު ހާޒިރުވިޔަސް އަދި ނުވިޔަސް އެ ރައްޔިތުންގެ މަސްލަހަތު އޮންނާނެކަން ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން މިފަހުން ނިންމި ބައެއް މައްސަލަތަކުގައި ގާނޫނީ ބޮޑަތި ގޯސްތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ޓިކެޓްގެ މައްސަލަ ހިމެނޭ ކަމަށެވެ.
އެ ޙުކުމުގައި ހިމޭނޭ ގޯސްތަކުގެ ތެރޭގައި ކޯޓްގެ ކުރީމަތީ މައްސަލައެއް ނެތްކަމަށް ބުނުމަށްފަހު ބޮޑު ޙުކުމެއް ކުރުން، ދުސްތޫރީ މިޒާތުގެ ނިންމުމެއް އެކްސްޕާޓޭކޮށް އަޑުއަހާ ގޮތް ކަނޑައެޅުން، އޭޖީއަކީ އަމިއްލަ މަޞްލަޙަތު ހިމެނޭ މަޖްލިހުގެ ރުހުން ނެތް ފަރާތެއްކަމަށްވާއިރު މުޅި ދައުލަތުގެ މަސްލަޙަތު ތަމްސީލުކުރަން ފުރުސަތު ދިނުން ހިމެނޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ގޮނޑި ހުސްވެފައިވާ ޙާލަތަކީ ގާނޫނު އަސާސީގެ 78 ގައިވާގޮތުން އިންތިޚާބެއް ބޭއްވުން އިމްޕްސިބަލް ހާލަތެއްކަމަށްވާއިރު، އެހާލަތުގައިވެސް ހުސް ގޮނޑި ހިމަނަން ލާޒިމްކުރުމާއި އެކަށީގެންވާ ސަބަބާއި، ރަނގަޅު ނިޔަތް އެއީ ދުސްތޫރީ ސަބަބެއްކަމަށް ބެލުމުގެ އިތުރުން މަޖިލީހަކީ ސިޔާސީ ބޮޑީއެއްކަމަށްވާއިރު މަޖީހުގެ މަޤަސަދަކީ ސިޔާސީ އަދި ދުސްތޫރީ ކަމެއް ނޫން ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
މިހާރު ޖަމީލުމެން ކައްކާ ބޮނޑިބަތް ކާނެ މާގިނަ ބަޔަކު ނުތިބޭނެ ސްޕްރީމް ކޯޓަކީ އެންމެ ފަހުބަސް ބުނާ ކޯޓް ކަން ޖަމީލަށް ނޭނގުމަކީ ދެރަވަރު ކަމެއް
ޖަމީލު ހެދި ފުރަތަމަ ގޯހަކީ ރ ޔާމީންގެ ވެރިކަމުގައި އޭރު އިދިކޮޅޭމެންނާއި ބައިވެރިވެ ސަރުކާރު ވައްޓާލަން އުޅުން ދެވަނަ ގޯހަކީ ރ ޔާމީނަކީ ވަގެކޭ ކިޔައިގެން އިންޓަނޭޝަނަލް ކޮށް ވާހަކަ ދެއްކުން ތިންވަނަ ގޯހަކީ އެނބުރި ރޔާމީނާ ގުޅިގެން ރޔާމީނުގެ ސިޔާސީ ކެރިއަރު ދުއްވާލަން އުޅުން