ޚަބަރު ސަރުކާރު

މުލިއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ވާހަކަ ދޮގުކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
މުލިއާގެ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދައުރުކުރުވަމުންދާ ވާހަކަތައް މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް, ދޮގުކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކަރޯކޭ ކުޅުއްވުމަށް, ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން މުލިއާގެއަށް ގަތް އަގުބޮޑު ކަރޯކޭ ސިސްޓަމު ގަނެފައިވާ ކަމަށް ބުނެ ސަރުކާރާ ދެކޮޅު ހަބަރު ގެނެސްދޭ ''ދިޔަވަރު'' ނަމަކަށް ކިޔާ ވެބްސައިޓަކުން ވަނީ ރިޕޯޓްކޮށްފައެވެ. ކަރޯކާ ގަނެފައިވަނީ  ވިޔަފާރަވެރިޔާ ޖަނާހު އެއްލައްކަ އެމެރިކާ ޑޮލަރު ފަންޑުކޮށްދިންކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.

އެކަމާއި ގުޅޭ ގޮތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ހަލީލް ވިދާޅުވީ، ރައީސްގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއްކަމަށެވެ.

"މިިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާކަމެއްވެސް ނޫން. އެފަދަ ދޮގުވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުން"

ފޭކްފޮޓޯތައް މީޑިއާއަށް ނެރެ، އެފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމަށް ބަޔަކު މީހުން ކުރަމުން އަންނަ މަސައްކަތެއްގެ ގޮތުގައި ހަލީލް ވަނީ ސިފަކޮށްފައެވެ.

ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުލިއާގެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެެވެ. މުލިއާގެ މަރާމަތް ނިމެންދެން ރައީސްއާ އެމަނިކުފާނުގެ އަނބިކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ ރައީސްގެ ގެކޮޅު، ދިމްޔާތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!