ޚަބަރު ޝަރުޢީ ދާއިރާ

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދުމުގެ މަރުހަލާ ފަސޭހަކޮށްދީފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ މަރުހަލާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަސޭހަކޮށްދީފިއެވެ.

Ads by MWSC

މިކަން ހާމަކުރައްވާ ޕީޖީ ހުސެއިން ޝަމީމްގެ ބްލޮގުގައި މިއަދު ޝާއިއު ކުރި ލިޔުމެއްގައި ވިދާޅުވީ މިހާރު އެ އޮފީހުގެ ވެބްސައިޓަށް، އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވަނުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް ފެންނާނެ ކަމަށެވެ.

އެގޮތުން އެ ޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާނެ ކަމަށާއި ފޯމުގައި ފުރަންޖެހޭ ނަމާއި އެޑްރެހާއި އީމެއިލާއި އެނޫން ވެސް އީފާސްގައި ހުންނަ މައުލޫމާތު ހުންނާނީ އޮޓޮމެޓިކުން ފުރާފައި ކަމަށް ޕީޖީ ވިދާޅުވެފައި ވެއެވެ.

ޕީޖީ ވިދާޅުވީ މި މަޢުލޫމާތުތަކުގެ އިތުރަށް ފުރަންޖެހޭނީ އެމީހަކަށް ދިމާވި ހާދިސާއާބެހޭ މައުލޫމާތު ކަމަށެވެ.

ހަމަ އެހެންމެ އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެކޯޓެއްގެ އީމެއިލް އެޑްރެހަށް، އެކޯޓެއްގެ ލެޓަރ ހެޑުގައި، ފޯމު ފޮނުވައިލަދިނުމުގެ ހިދުމަތް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެއެވެ.

ޕީޖީ ވިދާޅުވީ އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީ ކަމަށެވެ.

މީގެ އިތުރުން ޕީޖީގެ ލިޔުމުގައި ވިދާޅުވީ އެ ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާމީހާއާ ކޯޓާ ދޭތެރޭ ކުރާ މުއާމަލާތް ކަމަށާއި ޕީޖީ އޮފީހުން ކޮށްދޭ ހަމައެކަނި ކަމަކީ، އެ ފޯމު ފުރާލުމުގެ ކަންތައް ލުއި ފަސޭހަކޮށްދީ، އަދުލު އިންސާފަށް ވާސިލުވާން ހުރި މަގުތައް ފަސޭހަކޮށްދިނުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!