Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެއަކާ، ސްޕާއެއް ރެއިޑްކޮށް ހަށިވިއްކި ކަމުގެ ވިޔަފާރީގެ ތުހުމަތަށް 10 މީހަކު ހައްޔަރަށް

ގެއަކާ، ސްޕާއެއް ރެއިޑްކޮށް ހަށިވިއްކި ކަމުގެ ވިޔަފާރީގެ ތުހުމަތަށް 10 މީހަކު ހައްޔަރަށް

އްޑޫސިޓީގައި ހަށިވިއްކުމުގެ ވިޔަފާރި ކުރި ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އައްޑޫގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދޔަ ބުރާސްފަތި ދުވަހު ހިތަދޫ އާއި މަރަދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ގެއެއް ބަލާ ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެންމެންވެސް 14 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ބުނީ މަރަދޫގައި ހިންގި އޮޕަރޭޝަންގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނެއްގެ އިތުރުން މިޔަންމާ ފިރިހެނެއް އަދި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ތައިލެންޑް ދެ އަންހެނުންނާއި ދިވެހި ފިރިހެން މީހާ އަދި މިޔަންމާ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ފިރިހެން މީހާގެ ބަންދަށް 4 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް