ރެސިޕީ

ދެން ރެސިޕީ: ބިސްކަޓް ޕުޑިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

3 ޖޯޑު ފުލް ކްރީމް މިލްކް
3 މޭޒުމަތީ ސަމުސާ ޒުވާރި ފުށް
2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ
1/3 ޖޯޑު ހަކުރު
18 މާރީ ބިސްކޯދު

Ads by Sosun Fihaara

ތައްޔާރުކުރާނެގޮތް:

1/2 ޖޯޑު ކިރާއި 3 މޭޒުމަތީ ސަމުސާ ޒުވާރި ފުށް ކުޑަ ތަވައެއްގައި އެއްކޮށްލުމަށްފަހު އެއްފަރާތްކޮށްލާށެވެ. ބޮޑު ތަވައަކަށް 2 ޖޯޑު ފުލް ކްރީމް މިލްކް، ކޮކޯ ޕައުޑާ އަދި ހަކުރު އަޅާލާށެވެ. ހަކުރު ގިރާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

ތަށީގެ ތެރެއަށް ޒުވާރި ފުށް އަދި ކިރު މިކްސްޗާ އަޅާލާށެވެ. 5 މިނެޓު ވަންދެން ކައްކާލާށެވެ. ތައްޓަކަށް 1/2 ޖޯޑު ކިރު އެޅުމަށްފަހު ބިސްކޯދުތައް ފޯކޮށްލާށެވެ. އެ ލޭޔަރު ބިސްކޯދު އެޅުމަށްފަހު އޭގެ މައްޗަށް ކުރިން ތައްޔާރުކުރި ޕުޑިން ލޭޔަރެއް އަޅާލާށެވެ. ބިސްކޯދާއި ޕުޑިން ހުސްވަންދެން ތަކުރާރުކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!