ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ

ފަސްވި އިންތިހާބާއެކު ސްކޫލުތަކުގެ ޓެސްޓު ފެށުން އަވަސްކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
އަމީނިއްޔާ ސްކޫލް

އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ގްރޭޑް ހަތެއް، އަށެއް އަދި ނުވައެއްގެ ދަރިވަރުންގެ އިމްތިހާނާ ދިމާވާތީ ދަރިވަރުންގެ ފައިނަލް އިމްތިހާނު ފަށާ ދުވަސް އަވަސްކޮށްފިއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ބުނީ އަންނަ މަހުގެ 21 ގައި މަޖިލީސް އިންތިހާބު ބާއްވަން ނިންމާފައި އިމްތިހާނު ނެގުމުގެ ތާރީހު އަވަސް ކޮށްފައިވާ ކަމަށެވެ.

ކުރިން އެ ގްރޭޑުތަކުގެ އިމްތިހާނު ނެގުމަށް ހަމަޖެހިފައި އޮތީ އަންނަ މަހު 16 އިން 27 އަށެވެ.

މިނިސްޓްރީގެ ސާކިއުލާގަިއ ބުނީ އިމްތިހާނު އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި 20 އޭޕްރިލްގެ ފަހުން އިމްތިހާނު ކުރިއަށް ގެންދާނަމަ އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓާއި މަޝްވަރާކުރުމަށް ވެސް އެ މިނިސްޓްރީއިން ވަނި އިލްތިމާސްކޮށްފައެވެ.

އެ ބަދަލާއި ގުޅިގެން ބެލެނިވެރިންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުމުން ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!