ޚަބަރު ސިޔާސީ

ވަޒީފާއިން މީހުން ވަކި ކުރުން ބެލޭނެހެން ގާނޫނަށް ބަދަލު ގެންނާނަން: ފައްޔާޒު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން މީހުން ވަކި ކުރުމާ ގުޅޭ ގޮތުން މިހާރަށްވުރެ ވަރުގަދަޔަށް ބެލޭނެހެން ޤާނޫނަށް ބަދަލު ގެންނާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސާން އަލްއުސްތާޛް ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން މީހުން ވަކި ކުރުމާ ގުޅޭ ގޮތުން މިހާރު އޮތް ގޮތަށްވުރެ ވަރުގަދަޔަށް ބެލޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.

ވަޒީފާގެ ބިރުވެރިކަން މިހާރު ވަރަށް ބޮޑު ކަމަށާއި ހުއްޓުމެއްނެތި އެކި ދިމަދިމާލުން ފޯނު ކޯލު އަންނަން ފަށާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަދި މިއުޅެނީ މަޖިލިސް ނުލިބި، މީހުންތައް ކަނޑަން ފަށައިފި، ލ.އަތޮޅު ގަމުން 17 ކުދިން އިއްޔެ ފެނަކައިން ކަނޑާލައިފި، އޭގެ ކުރިން މަކުނުދޫ ކުޅުދުއްފުށިން އެހެން ގޮސް އެތައް ތަނަކުން މީހުންތައް ވަކިކުރަން ފަށައިފި" ފައްޔާޒް ވިދާޅުވިއެވެ.

ދައުލަތުގެ ކުންފުނިތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން އެއްވެސް ބިރެއް ނެތި ޤާނޫނު އަސާސީން ލިބިދޭ ހައްޤު ބޭނުން ކުުރުމަށް ގޮވާލާ ފައްޔާޒު ވިދާޅުވީ ބޭނުން ގޮތަކަށް ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ވަޒީފާއިން ވަކި ކުރި ނަމަވެސް އަނބުރާ އިއާދަ ކުރެވޭނެ ކަމަށާއި ޤާނޫނަށް ބަދަލު ގެނެސް ބޭނުންހާ ގޮތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން މީހުން ނުކެނޑޭނެ ގޮތަށް ހަދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި މިވަގުތު އެބައޮތް ކަމަށާއި އެހެން ކަމުން އެގޮތަށް ޤާނޫނު ފާސްކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަންކުރި ފަސް އަހަރުގައި ވަޒީފާގެ ބިރުގެ ވާހަކަވެސް ނުދައްކާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެ ޕާޓީން އޭރު އައްޔަނުކޮށްފައި ތިބި ސިޔާސީ މިނިސްޓަރުންނަށް ދަންދެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް އެއްޗެހި ބުނަމުން ދިޔަ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ތިބި ބޭފުޅުން، މަޖިލިސްގަ ތިބި ބޭފުޅުން އެއްޗެހި ބުނަމުން ދިޔައީ، ބޭނުން އެއްޗެއް ބުނަމުން ދިޔައީ، އެކަކާ ދޭތެރޭގަވެސް ފިޔަވަޅެއް ނާޅާ" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި އައްޔަން ކޮށްފައި ތިބި މިނިސްޓަރުންނާއި މަޖިލީހުގައި އަދި ޕާޓީ ތެރޭގައި ތިބި ބޭފުޅުން ސަރުކާރަށް އެއްޗެހި ކީއިރުވެސް ފިޔަވަޅު ނޭޅީ އެމްޑީޕީން ގަބޫލުކުރާ ފަލްސަފާތަކެއް ހުރުމުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ވާހަކަދެއްކުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އަދުލު އިންސާފު ފުރިހަމައަށް ލިބުމާއި ވަޒީފާގެ ބިރުވެރިކަމާއި ގެދޮރު ވެރިކަމާއި ފްލެޓުގެ ހަމަހަމަކަން ހިފެހެއްޓޭނީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީދީގެން ކަމަށް ފަައްޔާޒު ވަނީ ވިދާޅުވެފައެވެ.

 

Ads by HDC
  1. ޢަޒްރާ

    ކަލޯ ފައްޔާޒޫ ފަސްއަހަރު ވަންދެން ހުރިހާ ބާރެއް ދީގެން ވީ ކޮންކަމެއްތޯ؟ބޭނުމީ މިސުވާލުގެ ޖަވާބެއް