Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

އެކައުންޓަކުން ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

އެކައުންޓަކުން ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލާގައި ދައުވާކުރަން ފޮނުވައިފި
މަކަރާއި ހިލާތުން މީހެއްގެ އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަހުގީގު އެއްކޮށް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާއިރު އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ލޫތު ވިދާޅުވިއެވެ.
"ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައި,"
ލޫތު ވިދާޅުވީ އެ މައްސަލާގައި ކުރެވުނު ތަހުގީގުން ފައިސާ އަދި މުދާ ހިމެނޭހެން ޖުމްލަ 1.6 މިލިއަން ރުފިޔާ މިހާރު ވަނީ ފައިސާގެ ވެރިފަރާތަށް އަނބުރާ ރައްދުކުރެވިފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅުމާއެކު ރާއްޖޭގައި ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާއި އެކު ވަގުތުން މަސައްކަތް ކުރެވުނު ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައިކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް