Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ހަމަޖައްސަން ހުށަހަޅައިފި

މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ހަމަޖައްސަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދިރިއުޅުއްވާ ގެކޮޅު ކައިރިން، ޕާކިން ސްލޮޓު ހަމަޖައްސަން ހުށައަޅަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި މަޖިލިސް މެންބަރުންނަށް ޕާކިން ސްލޮޓު ހަމަޖައްސަން ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.

މެންބަރު ރާއީ ހުށަހެޅުއްވީ ޕާކިން ދޫކުރަން އޮންނަ އުސޫލުގެ ދަށުން، މެމްބަރުންވެސް ފައިސާ ދައްކާގޮތަށް، އެ މެމްބަރުންނަށް ޕާކިން ސްލޮޓުތައް ހަމަޖެއްސުމަށެވެ. މި މައްސަލަ ހުށައެޅުއްވި ސަބަބެއްގެ ގޮތުގައި ރާއީ ވިދާޅުވީ މެމްބަރުންގެ ވެހިކަލްތައް ޕާކް ކުރާނެ ޖާގަ ނެތުމުން، ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އެއީ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް މުހިއްމުކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

މަކުނުދޫ ދާއިރާގެ މެންބަރުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފެވެ. އިއްޔެގެ ކޮމިޓީ ބައްދަލުވުން ނިންމާލީ ރާއީގެ ހުށައެޅުއްވުން ފާސްކޮށްފައެވެ.

ރާއީ އިތުރަށް ވިދާޅުވެފައި ވަނީ މިއީ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް މުހިއްމުކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުންނަށް ފާރަލާ މައްސަލައެއް ވެސް ފެންމަތިވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް