ޚަބަރު

ށ. ފޭދޫ ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން
ށ. ފޭދޫ ކައުންސިލްގެ ރައީސް ކަމުން ވަކިކުރި މުސްތަފާ
ށ. ފޭދޫ ކައުންސިލް ރައީސް މުހައްމަދު މުސްތަފާ އިސްމާއިލްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި އެވެ.

ފޭދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާމިރާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ކައުންސިލްގެ ރައީސް މުސްތަފާ ވަކިކޮށްފައި ވަނީ އޭނާ މަގާމުން ވަކިކޮށް ދިނުމަށް އެދި ގިނަ އަދަދެއްގެ އާންމުން އެދިފައި ވަނިކޮށް ކަމަށެވެ.

Ads by STELCO

މުސްތަފާ މަގާމުން ވަކިކުރަން 306 މީހުން ސޮއި ކޮށް ކައުންސިލަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ޝާމިރު ވިދާޅުވި އެވެ.

އަދި މިއަދުގެ ވަގުތެއްގައި ކަމާގުޅޭ ލިޔެކިޔުންތައް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލައާ މެދު ގޮތެއް ނިންމާނީ އެލްޖީއޭއިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!