ވިލިމާލޭގައި ޓާޝިއަރީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އާންމުންނަށް ރައީސްއާ ސުވާލުކުރެވޭ ގޮތަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު'' ޕްރޮގްރާމުގައި އާއްމުންގެ މީހަކު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެމީހާ ވަނީ ވިލިމާލޭ ހޮސްޕިޓަލުން ދެމުންދާ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ރައީސާ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ވިލިމާލޭގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަކީ އިސްކަންދެއްވަމުން އަންނަ ސިޔާސަތެއް ކަމަށެވެ. އަދި މިހާރު ހައްލު ނުވެ ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން، 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާއިބެހޭ އިދާރާގެ ބޭފުޅުންނާއި، އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއިން ގުޅިގެން ޑިޒައިނިންގް އާއި ޓެކްނިކަލް މަސައްކަތްތައް. އެކަމަށް ބިންވެސް ކަނޑައަޅާފަ އި މިހާރު އެޔޮތީ.
ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެފައިވާ ގޮތުން ވިލިމާލޭގައި ގާއިމު ކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފަށައި، ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.
ތި ހޮސްޕިޓަލް ދޯ ރާއްޖޭގެ ކޮންމެވެސް އެހެން ހިސާބަކައް ފޮނުވާލިނަމަ ގޭގަ ތިއަބަސް އެހުރީ ފެންނަން 25 ބުރީގެ ބޮޑު ހޮސްޕޮޓަލް އެއް ބުރިޖް އެދަނީ އެޅެމުން ގިރާވަރުގަ ގުޅީފަޅުގަ ހަމަ ލަހެއް ނުވެ ހޮސްޕިޓަލް ތައް އެޅޭނެ ހަމަ ރާއްޖެ ތެރެ ވީމައި ދޯ .ތިތާ މިވަގުތު ބުރި ހޮސްޕިޓަލް އަޕް ގުރޭޑް ކޮއްލުން ކީއްތޯ