Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވީހާވެސް ގިނަ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދޭން މަސައްކަތް ކުރާނަން : ރައީސް

ވީހާވެސް ގިނަ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދޭން މަސައްކަތް ކުރާނަން : ރައީސް

ހައި ރިސްކް އެންވަޔަރަމެންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ރިސްކް އެލަވެންސް މިހާރަށްވުރެ ގިނަ ފަރާތްތަކަށް ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އާންމުންނަށް ރައީސްއާ ސުވާލުކުރެވޭ ގޮތަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު'' ޕްރޮގްރާމުގައި އާއްމުންގެ މީހަކު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

https://twitter.com/governmentmv/status/1771478993931502016

Advertisement
Allied Insurance — Square (box)

އެމީހާ ވަނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސް ނުލިބޭތީ  ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ކޮށްދެވޭނީ ކޮންކަމެއްތޯ ރައީސާ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ހައި ރިސްކް އެންވަޔަރަމެންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ރަނގަޅަށް އެލަވަންސް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް