ދުނިޔެ

ބަލިމީހެއްގެ ލަދުވެތި ގުނަވަން ވީޑިއޯކޮށް މީސްމީޑިއާގައި ޕޯސްޓްކުރި ޑޮކްޓަރަކު ސަސްޕެންޑްކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ސައުދީ އަރަބިއްޔާ: ބަލިމީހެއްގެ ލަދުވެތި ގުނަވަން ވީޑިއޯކޮށް މީސްމީޑިއާގައި އެ ވީޑިއޯ ޕޯސްޓްކުރި ޑޮކްޓަރަކު ސަސްޕެންޑް ކޮށްފިއެވެ.

Ads by Sosun Fihaara

ސައުދީ ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްލާސްޓިކް ސާޖަރީހަދާ އެ ޑޮކްޓަރު ، ބަލިމީހާގެ ވީޑިއޯ ކޮށްފައިވަނީ ސާޖަރީ ނިމުމަށްފަހުގައެވެ. އަދި އޭނާ ވަނީ އެ ވީޑިއޯ މީސްމީޑިއާގައި ވެސް ހިއްސާކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުޞޫލުތަކާއި އަދި އަޚްލާޤީ މިންގަނޑުތަކާ އެ ޑޮކްޓަރު ޚިލާފުވެފައިވާތީ ސައުދީގެ ހެލްތު މިނިސްޓަރު ވަނީ އެ ޑޮކްޓަރުގެ ހުއްދަ ބާތިލް ކުރުމަށް އަމުރުކޮށްފައެވެ.

މި ޢަމަލު ހިންގި ޑޮކްޓަރުގެ އެއްވެސް މަޢުލޫމާތެއް މީޑިއާއިން ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި މި ޑޮކްޓަރަށް އިތުރު ފިޔަވަޅެއް އަޅާނެ ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިބާވަތުގެ ކުށްތަކުގައި ހުއްދަ ބާތިލް ކުރުމުގެ އިތުރުން 10000 ރިޔާލް (ގާތްގަނޑަކަށް 40،000 ރުފިޔާއިން) ޖޫރިމަނާ ކުރުން އެ ގައުމުގެ ގަވާއިދުތައް ތަންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!