Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުއައްސަސާތަކުން، އެމްކިޔުއޭ ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުކުރުން މަނާކޮށްފި

މުއައްސަސާތަކުން، އެމްކިޔުއޭ  ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުކުރުން މަނާކޮށްފި

ލޯކަލް ސަނަދުތަކުގައި މުއައްސަސާތަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ  ސަނަދެއްކަން ކަށަވަރުކޮށް ތައްގަނޑު ޖަހާ ސޮއިކުރުން މަނާކޮށްފިއެވެ.

މީގެ ކުރިން، 2016 ވަނަ އަހަރުން ފެށިގެން އެމްކިޔުއޭ އިން "ލޯކަލް ވެލިޑޭޝަން" (ރާއްޖޭގައި ހިންގާ ރާއްޖޭގެ ކޯސްތަކުގެ ސަނަދުގައި ތައްގަނޑުޖެހުން.) ހުއްޓާލުމާ ގުޅިގެން އެކިއެކި މުއައްސަސާތަކުން އަންނަނީ، ލޯކަލް ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތައް ވެލިޑޭޓްކޮށް ދަރަޖަ ކުރަމުންނެވެ.

އެގޮތުން ވަޒީފާއަށް އެދި ހުށަހަޅައި ފަރާތްތަކުން ހުށަހަޅަމުން އަންނަ ލޯކަލް ސެޓްފިކެޓް ތަކުގައި އެމްކިޔުއޭއިން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރު ކުރެވިފައި ގޮތަށް ބަޔާންކޮށް މުއައްސަސާތަކުން އަންނަނީ ތައްގަނޑުޖަހައި ސޮއިކުރަމުންނެވެ.

Advertisement
Ooredoo — Square (box)

އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން މުއައްސަސާތަކުން ތައްގަނޑުޖަހާ ސޮއި ކުރުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ސަނަދުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، މަތީ ތައުލީމުދޭ މަރުކަޒުން ދޫކުރަމުން އަންނަ ކޯސް ނިންމި ކަމުގެ ލިޔުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ވަޒީފާއަށް އެދޭ ލިޔެކިޔުންތަކާ އެކު މުއައްސަސާތަކަށް ހުށަހެޅިދާނެ ކަމަށެވެ.

ހުށަހަޅާފައިވާ އެއްވެސް ލިޔުމަކާ ގުޅިގެން އެއްވެސް ސުވާލެއް އުފެދިއްޖެ ހާލަތެއްގައި ވަޒީފާއަށް އެދި ހުށަހެޅި އޮފީހަކުން އެމްކިޔުއޭ އަށް އެ ސަނަދާއި އެ ސަނަދާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމުން އެކަން ކަށަވަރުކޮށް އެމްކިޔުއޭ އިން އެ އޮފީހަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް