ޚަބަރު

ފީވަކަށް އަރައި ފޭބުން މަނާ ކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ށ. އަތޮޅު ފީވަކަށް އަރައި ފޭބުން މަނާކޮށްފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފައިވަނީ ފީވަކަށް އަރައި ފޭބުން މަނާކުރީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ފައްސިވުމާއެކު ކަރަންޓީނުގައި ހުރެ އޭނާ އެރަށުން ބަޔަކާއި ބައްދަލު ވެފައިވާތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީނުގައި ހުރި މީހާއާއި ބައްދަލުވީ މީހުން ވެސް މިހާރު ވަނީ އަމިއްލައަށް ކަރަންޓީނުވެފައެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ފައްސިވާ މިންވަރު އިތުރުވެފައިވާއިރު، މިއަދު އެކަނިވެސް 8 ރަށަކުން ވަނީ ކޮވިޑް-19 ގެ ކޭސްތައް ފެނިފައެވެ. އެގޮތުން ފީވަކުގެ އިތުރުން ދ.ކުޑަހުވަދޫއިން 4 މީހުން، ޅ.ނައިފަރުން 4 މީހުން، ރ.އިންގުރައިދުއިން 4 މީހުން، ބ.އޭދަފުށީން 4 މީހުން، ގއ.ދާންދޫއިން 2 މީހުން އަދި ރ.ރަސްމާދޫ އިން މީހަކު ވަނީ ފައްސިވެފައެވެ. ކުޑަހުވަދޫން މިއަދު ފައްސިވި މީހުންގެތެރޭގައި 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ. އަދި އޭދަފުށީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިންމަހުގެ ތުއްތު އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

ފައްސިވި 20 މީހުންގެ ތެރެއިން 6 މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!