Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ރަމަޟާން މަހުގެ ފަހު 15 ގައި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަނީ ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުގެ ހަވާލުގައި އުމުރާ އަށް ދިޔަ މުހައްމަދު ތައްކާނު، ހަވާ، ސ.މީދޫއެވެ. އެ ޖަމާއަތުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ، ތައްކާނު ގެއްލިގެން ހޯދަމުން ދަނީ ރޭ ފަތިހު 03:00 ޖެހިއިރުން ފެށިގެން ކަމަށެވެ. އުމްރާވެރިންނާ އެކު އުމްރާގެ އަޅުކަން އަދާކުރަން ހަރަމްފުޅަށް ދިޔުމަށްފަހު އޭނާގެ ހަބަރެއް ވެފައިނުވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އެ މީހާ ހޯދުމުގައި މައްކާއަށް ގޮސްފައިވާ ދިވެހި ހުރިހާ އުމްރާ ޖަމާއަތްތަކުގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.
އެ އުމްރާވެރިޔާ ފެނިއްޖެނަމަ ލަސްނުކޮށް 966546279315+ / 966500953603+ އަށް ގުޅައި އަންގައިދޭން ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް