Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީ ދެނީ

ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީ ދެނީ

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ފަންޑުން ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް އެހީވާން ސަރުކާރުން ނިންމައިފިއެވެ.

ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން އުފައްދާފައިވާ ފަންޑެކެވެ. އެކަން އިތުރަށް ހަރުދާކުރުމަށް މި ސަރުކާރުން ވަނީ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކޮށްފައެވެ. ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުން ޒަކާތު ހައުސްގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ.

މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ <span class="css-1qaijid r-bcqeeo r-qvutc0 r-poiln3">ރައީސް ޑރ މުހައްމަދު މުއިއްޒު</span>ގެ އިރުޝާދުގެ ދަށުން، ޒަކާތު ފަންޑުން ފަލަސްތީނުގެ ގައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް މިނިސްޓަރު ހިއްސާއެއް ނުކުރައްވައެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ ގައްޒާގެ ރައްޔިތުންނަށް އެކި ގޮތް ގޮތުން އެހީތެރިވަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގައްޒާގެ އާބާދީގެ 90 ޕަސެންޓު މީހުން ވަނީ އެކި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ. ހަނގުރާމާގައި 32،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލަން ގޮވައިލައި ހުސްވި ހަފްތާގެ ހޮނިހިރު ދުވަހު އދ.ގެ ސަލަމާތީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް