Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުސްވެފައިވާ އިސްދޫ އާއި ގަން ކައުންސިލުގެ މެންބަރުން ހޮވުން އަންނަ މަހު

ހުސްވެފައިވާ އިސްދޫ އާއި ގަން ކައުންސިލުގެ މެންބަރުން ހޮވުން އަންނަ މަހު

ލ. އިސްދޫ އާއި އެ އަތޮޅު ގަމު ކައުންސިލްގެ ބައި-އިލެކްޝަން އަންނަ މަހު ބާއްވަން ނިންމާ، ކައުންސިލް މެމްބަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު <a href="https://www.gazette.gov.mv/iulaan/284758">ހުޅުވާލައިފިއެވެ</a>.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، އިސްދޫ ކައުންސިލް މެމްބަރު އަދި ގަމު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބައި-އިލެކްޝަން، އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އިންތިހާބަށްށް ކުރިމަތިލުމަށް އެދޭ ފޯމު އެ ކޮމިޝަނަށް މެއިލް ކުރުމަށް އީސީއިން އެދިފައިވެއެވެ.

Advertisement
Allied — Dhen Online (box)

އީސީން ބުނީ ބައި-އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ވާން ޖެހޭނީ އޭޕްރިލް އެކެއްގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތަކަށް ކަމަށެވެ.

ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، މޭ މަހުގެ 18 ވަނަ ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހު ކަމަށް އީސީން ބުންޏެވެ.

މި ބައި-އިލެކްޝަނާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ވެސް މިހާރު އެ ކޮމިޝަނުން ވަނީ ގާއިމްކޮށްފައެވެ. އެގޮތުން، އީމެއިލް މެދުވެރިކޮށް ޝަކުވާ ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ޝަކުވާ ހުށަހެޅޭއިރު، ވޯޓު ނަގާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ވޯޓު ފޮށީގެ ވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް