ޚަބަރު

ދެވަނަ ފަހަރަށް އެމްޑީޕީއަށް މެޖޯރިޓީ ދީފިއްޔާ މާލޭ މީހުން މަގުމަތިވެދާނެ: ރައީސް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ފޭސް2ގައި އޮތް ޕީޕީއެމް/ޕީއެންސީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ، - ފޮޓޯ: ދެން އިމޭޖަސް

މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީއަށް އަލުން މެޖޯރިޓީ ދީިފިނަމަ މާލޭ މީހުން މަގުމަތިވެދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އެހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ) ގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަަށް ހައްލުގެންނަން ނަގަން ޖެހޭ ލޯނުތަކާއި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރެވޭނީވެސް އަދި ބޭނުންވާ ގާނޫނުތައްވެސް ފާސް ކުރެވޭނީ 20 ވަނަ މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށެވެ.

މި ދިޔަ ހަތަަރު މަސްތެރޭގައި، މަޖިލީސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި ހުރަސް ކުރިމަތި ކުރިގޮތަށް، ހުރަސް ކުރިމަތިކުރަން ފަސް އަހަރު ދީގެން މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށްވެދާނެ

ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުން ބޭނުންވަނީ، ގޯތިގެދޮރުގެ މައްސަލަ އާއި އިޖްތިމާއީ މައްސަލަތައް ހައްލުވެގެން ދިޔުން ކަމަށެވެ. އަދި މާލެއަށް ހަމަޖެހުމެއް ލިބޭނީ މަގުތަކާއި ޕާކިންގެ މައްސަލަތައް ހައްލުކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަދި އެކަންކަން ރައްޔިތުން ބޭނުންވާހެން ކުރެވޭނީ، ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހަށް އިންތިހާބު ކޮށްގެންނެވެ.

"މަޖިލީހާ ނުލައި ސަރުކާރު ހިންގޭނެ ނިޒާމެއް ނޫން ރާއްޖޭގެ ދުސްތޫރު ހެދިފައި އޮތް ގޮތުން އޮތީއެއް،" ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮވެ، އެމްޑީޕީއަށް މާލެއަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބިއްޖެނަމަ، މާ ލަސްތަކެއް ނުވެ ހައްލުނުވެ ހުރި މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައި މަޝްރޫއުތައް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގެންދަން ބޭނުންވާ މަޝްރޫއުތަކާއި، ސިޔާސަތުތަކާއި ޕްރޮގްރާމްތަކާއި ދެކޮޅަށް އެމްޑީޕީން ކަންތައްތައް ކުރަމުންދާ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ. އޭގެ މިސާލެއްގެ ގޮތުން ރައީސް އޭރު ދެއްކެވީ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު ހިމާޔާތްކުރުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމުން، އެއްވެސް ސަބަބަކާއި ނުލައި ބިލު ބޭރުކޮށްލުމެވެ.

Ads by Allied Insurance
  1. ވިސްނާ

    މި ދޮގުހަދާ ސަރުކާރަށް މަޖުލީހުގެ މެޖޯރިޓީ ރައިއްޔިތުން ދީފިއްޔާ ރައްޔިތުން ބިކަވެ މަގުމަތިވާނެ!
    މެޖޯރިޓީ އަބަދުވެސް އޮންނަންޖެހޭނީ
    އިނދިކޮޅު ޕާޓީއަށް އޭރުން ސަރުކާރަށް
    ރައްޔިތުންނަށް ހިތަށް އެރިހާގޮތެއް ނެހެ
    ދޭނެ!