ޚަބަރު

ބިދޭސީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި، ވަކާލާތު ކުރުމުގެ ހުއްދަ ދެނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިވެހި ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ، ފުރަތަމަ ފަހަރަށް ބިދޭސީ ވަކީލުންނަށް ދޭން ނިންމައިފިއެވެ. އަދި މިކަމާ ވެހޭ ގޮތުން ޤަވާއިދެއް ބާކައުންސިލުން ވަނީ އެކުލަވާލައިފައެވެ.

Ads by STELCO

މިއަދުން ފެށިގެން އަމަލު ކުރެވެން ފަށާ މި ޤަވާއިދުގައި ބުނާ ގޮތުން ބިދޭސީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވުމާއި އެކު، ވަކި މުއްދަތެއް ވަންދެނެވެ. އަދި ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި، ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި،ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ލޯ ފާމްތަކަށް ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ.

ހަމަމިއާއެކު ބިދޭސީ ވަކީލަކަށް ރާއްޖޭގެ ކޯޓުގައި ވަކާލާތު ކުރުމަށް ހުއްދަ ދެވޭނީ އޭނާ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އޭނާ ވާހަކަ ދައްކަމުން ދާ ބަސް ދިވެހި ބަހަށް ތަރުޖަމާ ކުރެވޭނެ މީހަކު ގެނެސްގެން ކަމަށް ވެސް މި ޤަވާއިދުގައިވެއެވެ.

ހައިކޯޓުގައި ބިދޭސީ ވަކީލަކު ވަކާލާތު ކުރަން ބޭނުންވާ ކަމުގައި ވާނަމަ ތިން އަހަރުގެ ތަޖުރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމެއްގެ އިސްތިއުނާފީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމާއި ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަތަކުގައި ނަމަ ފަސް އަހަރުގެ ތަޖުރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމަަކީ ވެސް ބިދޭސީ ވަކީލުންނަށް ހުއްދަ ދިނުމުގެ ޝަރުތެއް ކަމަށް އެ ގަވާއިދުގައިވެއެވެ.

ވަކާލާތު ކުރަން ހުއްދަ ދެވިފައިވާ މައްސަލަ ނޫން އެހެން އިތުރު މައްސަލަ އެއްގައި ވަކާލާތު ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި، ބިދޭސީ ވަކީލަކަށް ވިިޔަސް، ވަކާލާތު ކުރުމުގައިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް އަމަލު ކުރަން ލާޒިމް ވާއިރު އެފަދަ ވަކީލުން އަމަލުކުރާ ގޮތް ބެލުމަކީ އޭނާއަށް ހުއްދަ ދޭން ބާ ކައުންސިލްގައި އެދުނު ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.

މިޤަވާއިދުގެ ދަށުން ބިދޭސީންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދެވޭނީ އެއްއަހަރު ދުވަހުގެ މުއްދަތަކަށެވެ. ވަކާލާތު ކުރަން ހުއްދަ ދެވިފައިވާ މައްސަލަ ނިމުމުން ނޫނީ އެއް އަހަރު ދުވަހަށް ދެވިފައިވާ ހުއްދަ އެ އަހަރެއް ނިމުމުން ހުއްދަ ބާތިލު ވާނޭ ކަން ވެސް އެ ޤަވާއިދުގައި ވެއެވެ. ދެން އިތުރަށް ވަކާލާތު ކުރަން ބޭނުން ކަމުގައި ވަނީ ނަމަ ހުއްދަ އަށް އެދެން އޮންނަ އުސޫލުން ހުއްދައަށް ޖެހޭނީ އެދޭށެވެ.

ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ޚާއްސަ ފީއެއް ވެސް އެ ގަވާއިދުގެ ދަށުން ބާ ކައުންސިލުން ނަގާނެ އެވެ. އެއީ ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން ހުއްދަ ދޭ ނަމަ 2،000ރ. އަދި ހައިކޯޓުގައި ނަމަ 5،000ރ. ގެ ފީއެއްގެ އިތުރުން ސުޕްރީމްކޯޓުގައި ނަމަ 10،0،00ރ. ގެ ފީއެކެވެ.

Ads by Allied Insurance
  1. ކަންނެލި

    އިންޑިއާނޫން ހެހެހެހެ