Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އީދު ދުވަހު ބޮޑަށް ވިއްސާރަ ކުރާނީ ދެކުނަށް

އީދު ދުވަހު ބޮޑަށް ވިއްސާރަ ކުރާނީ ދެކުނަށް
މޫސުން ގޯސްވެ ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ނެރެފައި އޮތް ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ. އެ އިދާރާއިން ބުނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށް ރ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށާއި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. މިއދ ހަވީރާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު, ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ވެސް އޮތީ ބ. އަތޮޅުން ފެށީގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މިއީ އިރުވައި މޫސުމުން ހުޅަނދު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމުން, އަބަދުވެސް މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެއެވެ.

ހުދު ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން. ▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން. ▪︎ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން. ▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން. ▪︎ ފެން ޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަންތަނަށް ބަދަލުކުރުން. ▪︎ އަލަށް އިމާރާތް ކުރަން ފަށައިފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން. ▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަކަށް ރައްޔިތުން ސަމާލުވުން. މެޓުން ލަފާކުރާ ގޮތުގައި އީދު ވާނެ ކަމަށް ބެލެވޭ, ބުދަ ދުވަހު އުތުރަށް މޫސުން ރަނގަޅު ވާނެއެވެ. އެ އިދާރާއިން ބުނީ މެދު ރާއްޖެ ތެރެގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. ބުދަ ދުވަހު ދެކުނަށް ވިއްސާރަ ކުރާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް