Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖުމްހުރީ މައިދާނު ފެންއަރުވާ ވަޑާން އަލުން ދިއްލާލަނީ މިރޭ، ދާންވާނެ

ޖުމްހުރީ މައިދާނު ފެންއަރުވާ ވަޑާން އަލުން ދިއްލާލަނީ މިރޭ، ދާންވާނެ

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވާޑާން މަރާމާތު ކުރުމުގެ މަސައްކަތް ނިންމައި، މިރޭ އަލުން ދިއްލާލާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފު ވިދާޅުވީ، ފެންއަރުވާ ވަޑާން 9:30 ގައި އެތަން ހުޅުވާނެ ކަމަށެވެ.

https://twitter.com/Adamshareefz/status/1777057883160809566

Advertisement
HDC — Sidebar (box)

މީގެ ކުރިން ވެސް މިނިސްޓަރ ވަނީ އީދު ދުވަހަށް އެތަން ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ. އެކަން ހާމަކުރައްވާ ޝަރީފް އޭރު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ ވީރާނާވަމުންދިޔަ ފެން އަރުވާ ވަޑާން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ދާ ކަމަށެވެ. އެގޮތުން މަރާމާތަށްފަހު އެތަން ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށް މިނިސްޓަރު އޭރު ވިދާޅުވިއެވެ.

https://twitter.com/Adamshareefz/status/1775252819458888151

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބިނާ ކުރި ތަނެކެވެ. އެތަން ބިނާކޮށްފައިވަނީ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް