Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ނުހުއްޓުވޭނެ, ކޮންމެ ގޮތެއް ހަދާފަވެސް މިރޭ ޖަލްސާ ބާއްވާނަން: ޕީއެންއެފް

ނުހުއްޓުވޭނެ, ކޮންމެ ގޮތެއް ހަދާފަވެސް މިރޭ ޖަލްސާ ބާއްވާނަން: ޕީއެންއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާއަށް ހުރަސްއެޅިޔަސް ކޮންމެ ގޮތެއް ހަދާފަވެސް ޖަލްސާ ބާއްވާނެ ކަމަށް ޕީއެންއެފުން ވިދާޅުވެއްޖެއެވެ.

ޕާޓީ އުފެދުމުގައި ކުރީ ސަފުގައި މަސައްކަތް ކުރައްވާ މަލީހް ޖަމާލު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕީއެންއެފް ޖަލްސާ ހުއްޓުވަން ސަރުކާރުން "މަރުފަލި" ޖަހަމުންދާ ކަމަށެވެ.

ސަރުކާރުން އަންގައިގެން ސްކޫލް ހޯލަށް ކަރަންޓުނުދީ ހިފަހައްޓާފައިވާ ކަމަށާއި ކަނު އަނދިރީގަވެސް މިރޭ ޕީއެންއެފް ޖަލްސާ ބާއްވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/maleehjamal/status/1777640388297113690?s=61&t=wnC_afMYXHcYkUV_GzZUjA

މަލީހް ވިދާޅުވީ އީސީގެ ހުއްދައާ އެކު ބާއްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން އެކި ގޮތްގޮތުން ހުރަސް އަޅަމުންދާކަމަށާއި އެހީތެރިކަން ނުދީފިނަމަ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތައް ހާމަކުރާނެ ކަމަށެވެ.

https://twitter.com/maleehjamal/status/1777668392792539396?s=61&t=wnC_afMYXHcYkUV_GzZUjA

"މިނިވަން މުއައްސަސާއާއެކު ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން. އެހީތެރިކަން ނުދީފިނަމަ އެކަމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުން އިރުކޮޅެއްގެ ތެރޭ އާންމުކުރާނަން" މަލީހް ވިދާޅުވިއެވެ.

https://twitter.com/maleehjamal/status/1777631295855595774?s=61&t=wnC_afMYXHcYkUV_GzZUjA

އެ ޖަލްސާ އޮންނާނީ މިރޭ 09:15 ގައި ގިޔާސުއްދީން ސްކޫލް ހޯލުގައެވެ. ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް ރައީސް ޔާމިން އެދިވަޑައިގަތެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަނުން އެކަމަށް ހުއްދަ ދީފައިނުވެއެވެ. އެހެންނަމަވެސް ޕީއެންއެފުން ބުނީ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވަޑައި ގަންނަވާނެކަމަ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް