Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ފެން ހިނދެންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ

ފެން ހިނދެންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ

ވެރިރަށް މާލޭގެ މަގުތަކުން ފެން ހިނދެންދެން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މިއަދު މެންދުރު ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ މަގުތައް މަތީގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ. ފެން ހިންދުމުގައި އެމްއެންޑީއެފުން ދަނީ މަސައްކަތް ކުރަމުންނެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement
Ooredoo — Square (box)

ޒަރޫރީ ބޭނުމުގައި ނޫނީ ދަތުރު ނުކުރުމުގެ އިތުރަށް މަގުތަކުގެ ހާލަތު ހަމައަކަށް އެޅެންދެން ކުނި ނެރުމަށާއި، ބަރު އުޅަނދު އަދި ހަތަރު ފުރޮޅު ލީ އުޅަނދު ދުއްވުން އިހަށް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކުރިއެވެ.

https://twitter.com/PoliceMv/status/1779142601377280323

ފެންބޮޑުވުމުގެ ސަބަބުން މަގުތައް މަތިން ފެން ހިންދުމަށް ފުލުުންނާއި ސިފައިންގެ އިތުރުން މާލެ ސިޓީ ކައުންސިލުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މި ހަބަރު ލިޔުމާއި ހަމަޔަށް 85 ތަނަކުން ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު (އެންޑީއެމްއޭ) އިން މައުލޫމާތުދެއެވެ.

އޭގެ ތެރޭގައި އުޅެން ދަތިވާވަރަށް ފެންބޮޑުވި ކަމަށް ރިޕޯޓްކޮށްފައިވާ ހަތް ތަނެއްގެ ރެޕިޑް އެސެސްމެންޓް ހެދުމުގެ މަސައްކަތް މޯލްޑިވްސް ރެޑް ކްރެސެންޓްއާ ގުޅިގެން އެންޑީއެމުން ދަނީ ކުރަމުންނެވެ.

އެންޑީއެމްއޭ އިން ބުނީ 41 ގެއެއްގައި 241 ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް