Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޭސިންގ އާއި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރަނީ

ރޭސިންގ އާއި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރަނީ

ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއުއެވެ. އަދި އެޗްޑީސީ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

އެޗްޑީސީއިން ބުނީ، ރޭސިންގ އާއި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަކީ، ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މޮޓޯރ ސްޕޯރޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ އެރީނާ ތަރައްގީކޮށް ނިމުމުން ރޭސިންގ އަދި ޑްރިފްޓް ސްޕޯރޓްސް އެރީނަ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯރ ސްޕޯރޓްސް ގެ ހަރަކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް