ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވެ، ނުލިބުނު މީހުންނަށް ފްލެޓް ދޭން ނިންމައިފި
އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކުރެވުނު ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވި ނަމަވެސް، އެތަނުންނާއި އެހެންވެސް މަޝްރޫއުއަކުން ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް ފްލެޓް ދޭން ސަރުކާރުން ނިންމައިފިއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީ އާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓާޓާ ފްލެޓްތަކުން ފްލެޓް ނުލިބި ތިބި މީހުންނަށް ފްލެޓް ދޭން ނިންމާފައިވަނީ މިހާރު އިމާރާތްކުރަމުންދާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުންދާ ފްލެޓްތަކުން ކަމަށެވެ.
ޝަރުތު ހަމަވެ، ފްލެޓް ނުލިބި ތިބި މީހުންގެ ތެރެއިން، އެތަނުން ފްލެޓް ހޯދުމަށް ބޮޑު އިންޓެރެސްޓެއްގައި ލޯނު ނަގަންޖެހުނު ފަރާތްތަކަށް ވެސް އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މަޝްރޫއުން ފްލެޓް ހޯދުމަށް ބޮޑު އިންޓެރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއުއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށ،ް ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަަކީ، ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން މަހްރޫމުވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިޔަށްގެންދާ މަޝްރޫއަކުން ބޯހިޔާވަހިކަން ހޯދައިދިނުމެވެ. އަދި އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ޓާޓާ ފްލެޓްތަކަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނައަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އިމާރާތްކުރި ފްލެޓްތަކެކެވެ. އެފްލެޓްތައް ގަތް މީހުންނަށް ޖެހުނީ މޯލްޑިވްސް އިސްލާމީ ބޭންކާއި ބޭންކް އޮފް މޯލްޑިވްސްއިން ބޮޑު އިންޓްރަސްޓްގައި ލޯނުނަގާށެވެ. 9 އިންސައްތަ އާއި 11 އިންސައްތަ އިންޓްރަސްޓްގައި ލޯނު ނެގި މީހުންނަށް މަހަކު 17 ހާހަށްވުރެ ބޮޑުކޮށް ބެންކަށް ލޯނުގެ ގޮތުގައި ދައްކަން ޖެހެއެވެ. އެގޮތަށް 47 އާއިލާއަކުން ލޯނު ނަގާފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި މި ފްލެޓްތައް ގަތުމަށް ސަރުކާރުން ގެރެންޓީ ދޭގޮތަށް 6 އިންސައްތަ އިންޓްރަސްޓްގައި ވެސް ފަހުން ލޯން ސްކީމެއް ތައާރަފް ކުރިއެވެ. ނަމަވެސް އޭރު ގިނަ ބަޔަކު ތިބީ ކޮމާޝަލް ލޯނު ނަގައިގެންނެވެ. އެހެންކަމުން 2 މިލިއަން ރުފިޔާއަށް ވިއްކި ފްލެޓަށް ވިއްސަކަށް އަހަރުން ލޯނު ދައްކައި ނިމޭއިރު ފްލެޓްގެ އަގު 4 މިލިއަނެއްހާ ރުފިޔާއަށް އަރައެވެ.
އެއަށްފަހު، މިދިޔަ ސަރުކާރުން ވަނީ ޓާޓާ ފްލެޓް ގަތް މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކުންފުނިން އަޅަމުން ގެންދާ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ދިނުމަށް ނިންމާފައެވެ.
ފްލެޓް ގަނެގެން ބޮލުގައި އެޅުނު ބޮޑު ދަރަނީގެ އިތުރުން އިމާރާތުގެ ފެންވަރު ދަށްވުމަކީވެސް ފްލެޓް ލިބުނު ފަރާތްތަކުގެ ބޮޑު ޝަކުވާއެކެވެ. ފްލެޓް ހަވާލުކުރި އިރުވެސް އެތަންތަނަކީ ވިއްކި އަގާއި އަޅާބަލާއިރު ވަރަށް ފެންވަރުދަށް ދިރިއުޅުމަށްވެސް ކަމުނުދާ ފެންވަރުގެ ތަންތަންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ދެންކޮބާ ތިޔައިން އެއްވެސް ފުލެޓަކަށް އެޕްލައިކުރުމުގެ ފުރުސަތު ނުލިބުނު ރައީސްއޮފީހާއި، މިނިވަން މުއައްސަސާ ތަކުގެ މުވައްޒަފުންނަށް ދޭ ފުލެޓުތައް. މިނިސްޓަރަށް އެނގިވަޑައިނުގެންފާނެ. އެކަމަކު ރައީސަށް އެނގިވަޑައިގަންނަވާނެ. އެކަން ވީގޮތް. އައްސަވާލައްވާތި އެމަނިކުފާނުގެ އަރިހުން. އެވެސް ބައެއްގެ ޙައްގެކަން ދަންނަވާލާތި
ހިޔާ އިން އަތުލި ފުލެޓް ތައްވެސް ތިތަނުން ދޭންޖެހޭނެ
ޢަދި ބަދަލުވެްސް ދޭން ޖެހެ.
3 އަހަރުގެ ކުލި ލިބެންޖެހެ