ޚަބަރު އިޖުތިމާޢީ

އެމްއެންޑީއެފްގެ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ އަދަދު ނެރެފި 

ފައިނާ ފާއިޒް ، ދެން އޮންލައިން
އެމްއެންޑީއެފްގެ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރުން

ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެފިއެވެ.

Ads by Sosun Fihaara

މި މަޖައްލާގެ 35 ވަނަ އަދަދު ނެރެދެއްވާފައި ވަނީ މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މަޖައްލާ ނެރެދެއްވާފައި ވަނީ މިނިސްޓާ އޮފް ޑިފެންސް އޮނަރަބަލް ޣައްސާން މައުމޫންއެވެ.

އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވާ ސްޓޯރީ ބިނާކޮށްފައި ވަނީ "ދިވެހި ސިފައިންނާއި ދިވެހި ޤައުމިއްޔަތު" މި މައުޟޫގެ މައްޗަށްކަމަށް އެމްއެންޑިއެފްއިން ވަނި ބުނެފައިއެވެ.

މީގެ އިތުރުން މިފަހަރުގެ މަޖައްލާގައި ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!