Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެވަރެސްޓް އާއި އެމްޑީއެޗް ބްރޭންޑުގެ ހަވާދު ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި

އެވަރެސްޓް އާއި އެމްޑީއެޗް ބްރޭންޑުގެ ހަވާދު ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި

އިންޑިއާގެ އުފެއްދުމެއް ކަމުގައިވާ "އެވަރެސްޓް" އަދި "އެމް.ޑީ.އެޗް" ހަވާދުގެ ބާވަތްތައް ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ ބްރޭންޑުގެ ހަވާދުގެ ބައެއް އުފެއްދުންތަކުގައި އެތިލިން އޮކްސައިޑް ހުރިކަމަށް ބުނެ ސިންގަޕޯ ފުޑް އެޖެންސީ އަދި ހޮންކޮންގްގެ ސެންޓާ ފޯ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ. އަދި އެ ބާވަތްތައް ބާޒާރުން ނެގުމަށް ވެސް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބްރޭންޑުތަކުގެ ހަވާދަކީ ރާއްޖެއަށް ވެސް ގިނަ އަދަދަކަށް އެތެރެކޮށް، ބޭނުންކުރަމުންދާ ހަވާދުގެ ބާވަތެކެވެ. އެހެންކަމުން އެ ބްރޭންޑުގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އިތުރަށް އެ ބަޔާނުގައި ބުނީ، އެ ބްރޭންޑުތަކުގެ ތެރެއިން ރާއްޖެ އެތެރެ ކުރަމުންދަނީ އެވަރެސްޓް ބްރޭންޑުގެ ފިޝްކަރީ މަސާލާ ކަމަށެވެ. އަދި އެމް.ޑީ.އެޗް ބްރޭންޑުގެ މެޑްރާސް ކަރީ ޕައުޑާ، ސާމްބާ މަސާލާ މިކްސް މަސާލާ ޕައުޑަރ އަދި ކަރީ ޕައުޑާ މިކްސްޑް މަސާލާ ޕައުޑާ ކަމަށެވެ.

އެތިލިން އޮކްސައިޑް އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރުމަށް ބޭނުންކުރާ ކެމިކަލްއެކެވެ. ނަމަވެސް، އޭގެ ސަބަބުން ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށްޓަކައި، އެ ކެމިކަލް ކާބޯތަކެތީގައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް