ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދެކުނުގެ ދެ ސިޓީއަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އެލާޓް ގައިވާ ގޮތުގައި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި އެލާޓު ނެރެފައިވަނީ މިރޭ އިރުއޮއްސި 06:00 އިން މިރޭ 11:30 އާ ހަމައަށެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް އެންމެ ދެކުނަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން ރޭ ދަންވަރާ ހަމައަށް މި ސަރަަހައްދުތަކަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.
ވައިޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. މި ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ ސަމާލެކެވެ. މި ސަމާލުގައި ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.