ޚަބަރު އިޖުތިމާޢީ

ފްލެޓުތައް ނިމުމުގެ ކުރިން ހައްގުވެރިންނަށް ލިޔުން ހަވާލުކުރާނަން: ސަރުކާރު

ފައިނާ ފާއިޒް ، ދެން އޮންލައިން
ވިނަރެސްގެ ފްލެޓެއްގެ އެޕާޓްމެންޓެއް/ ފޮޓޯ: މިހާރު

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހަވާލުކުރަން ޖެހޭ ފްލެޓުތަކުގެ މަސައްކަތް ނިމުމުގެ ފަރާތްތަކާއި ފްލެޓު ހަވާލުކުރެވިގެން ދާނެކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހުކޮޅު ''ބިންވެރިޔާ'' ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ވަނީ ގިނަ މައްސަލައެއް ހުށަހަޅާފައިއެވެ. މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން މެމްބަރުންގެ މައްޗަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދުއާ ނޫސްވެރިއަކު ވަނީ މި ފްލެޓު ކޮމިޓީގެ މައްސައްކަތާއި ގުޅޭ ގޮތުން ސުވާލުކޮށްފައިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ފްލެޓު ކޮމިޓީގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

އެނގިވަޑައިގަންނަވާނެ އޭސީސީއިން ހުށަހަޅާފައިވާ ހުރި ކަންތައްތަކުގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތަކެއް ހުރި

އިތުރަށް ހީނާ ވިދާޅުވީ ފްލެޓުތަކުގެ އަމަލީ މަސައްކަތް ނިމުމުގެ ކުރިން ފްލެޓު ކޮމިޓީގެ މަސައްކަތް ނިމި ހައްގު ފަރާތްތަކަށް ފްލެޓު ހަވާލުކެރެވިގެން ދާނެ ކަމަށެވެ.

ސޯލިހުގެ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭސީސީން ހިންގި ތަހުގީގުގައި 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅިއެވެ.

މި މައްސަލައާއި ގުޅިގެން ރައިސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓު ހައްގު އެއްވެސް ރައޔިތެއްގެ ފްލެޓު އަތުލެވިގެން ނުދާނެ ކަމަށެވެ. އަދި މި މައްސަލަ ފްލެޓް ކޮމިޓީން ދަނީ ބަލަމުންނެވެ.

Ads by Ooredoo
  1. ކިނާރީ

    ފުލެޓްހައްޤު މީހުންނަކީ ގެދޮރުނެތް ހުރިހާ ރައްޔިތުން . އުމުރުފުރާ 18އަހަރުން މަތިވެފަވާނަމަ . މީހަކާނީދެ ، ދަރިންނެތަސް .

    • އިންސާފް

      ފުލެޓް ލިބިފައިވާ 4000 މީހުންނަށް ރައީސް މުއިޒް ވުދާޅުވިފަދައުން ދިނުން. ބާކީ ތިބި ފުލެޓްވެސް ފުލެޓް ނުލިބި ތިބި މީހުންނަށް ދިނުން.

  2. ހުވަދޫ އަލިބެއްޔާ

    އެހެންވީމާ ކުރަި ސަރުކާރުން ދިން ލިއުން މިވީ ބޭކާރު އެއްޗެކަށް.