Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ހުއްޓައިނުލަން ސީއެސްސީން އެދިއްޖެ

ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ހުއްޓައިނުލަން ސީއެސްސީން އެދިއްޖެ

ގާނޫނުން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އަމަލު ކުރުމަށް ސިވިލް ސާވިސް މުވައްޒިފުންގެ ބެލެނިވެރިފަރާތް ކަމުގައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ މުވައްޒަފުންނަށް އިލްތިމާސް ކޮށްފިއެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން އިހްތިޖާޖު ކުރަމުން ދިޔުމުގެ އިތުރުން، ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނުން ވަނީ މަސައްކަތް ހުއްޓައިލައިގެން މުވައްޒިފުން އިހުތިޖާޖު ފަށާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މިކަމާ ގުޅިގެން ސީއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން މަަސައްކަތް ކުރަނީ މުވައްޒިފުންގެ ހައްގުތައް ރައްކާތެރިކޮށްދީ މުވައްޒިފުންގެ އަޑުއަހައި މުވައްޒިފުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މިހާރަކަށް އައިސް އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭ ގޮތަށް ކޮމިޝަންގެ "ލޯގޯ" ބޭނުން ކޮށްގެން ސިވިލް ސާވިސްގެ މުވައްޒިފުންގެ ހައްގުތައް ދިފާއުކުރުމަށް ޓަކައި ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށް ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައި ވެއެވެ. އަދި ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނަކީ ރަޖިސްޓްރީވެފައިވާ ޖަމިއްޔާއެއް ވެސް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ސީއެސްސީން ވަނީ، އެ ޖަމިއްޔާގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ވެސް ސިވިލް ސާވިސް މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް