ޚަބަރު ސަރުކާރު

މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި: މިނިސްޓަރު

ފައިނާ ފާއިޒް ، ދެން އޮންލައިން
 އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން  މިހާތަނަށް 19 މިލިއަން ރުފިޔާ ވަނީ މިސްކިތްތަކުގެ މަރާމާތް ކުރުމަށް ހޭދަކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައިސް މި ސަރުކާރުން މިހާތަނަށް މާލެ ސަރަހައްދާއި ރަށްރަށުގައި ހުރި މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށެވެ.

"މީގެ އިތުރުން ސަރުކާރާއި ހަވާލުވިއިރުގައި 27 ވަރަކަށް މިލިއަން ރުފިޔާގެ ބިލްތައް ހުރި ނުދައްކާ، އެ ހުރިހާ ފައިސާއެއް މިހާރު ވަނީ ޚަލާސްކުރެވިފައި،" މިނިސްްޓަރު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނު އިރު އެކި ސަބަބުތަކާއި ހުރެ ވަނީ މިސްކިތްތައް ބިނާ ކުރުމަށާއި މިސްކިތްތަކުގެ މަރާމާތައް ހަރަދުވި ފައިސާ ނުދައްކާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ކިތަންމެ ދަށަށް ގޮސްފައި ވީނަމަވެސް މި ފައިސާ މިހާރު ވަނީ އަނބުރާ ދައްކާފައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވަގުތު ރާއްޖޭގައި ހުރި މިސްކިތްތަކުގެ މަރާމާތަށް ޖުމްލަ 200 މިލިއަން ރުފިޔާ ބޭނުންވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގައި އެބަ ހުރި 700 އެއްހާ މިސްކިތް، އެހެން ވީމައި ކުރެވޭ މިންވަރުން މަސައްކަތް ކުރެވެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ފައިސާ ވަގުތުން އެއްފަހަރާ ހަމަނުޖެހުނު ކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި މާލެއާއި އަތޮޅުތަކުގައި ހުރި މިސްކިތްތައް މަރާމުކުރެވިގެން ދާނެކަމުގެ ޔަގީންކަން ޝަހީމް ވަނީ ދެއްވާފައިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!