Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ 4 ވަނަ ބޯޓު ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ 4 ވަނަ ބޯޓު ރާއްޖެ ގެނެސްފި

ގައުމީ އެއާލައިން މޯލްޑިވިއަންއިން ގަނެފައިވާ އޭޓީއާރް މަރުކާގެ 4 ވަނަ ފްލައިޓް ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަންއިން ބުނީ، މިފްލައިޓް ރާއްޖެ ގެނެސްފައިވަނީ މިއަދު ކަމަށެވެ. އަދި ފްލައިޓް އޮޕަރޭޝަނަށް ނެރޭނެ ކަމަށާއި، އެ ބޯޓު ރާއްޖެ ގެނައުމުގެ ކުރިން ފްރާންސްގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ފްލައިޓް ރާއްޖެ ގެނެސް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް އިޔާސް ވިދާޅުވީ، އޭޓީއާރްގެ ސަބަބުން އެ ކުންފުނިން ދެމުންދާ ހިދުމަތްތަކަށް ބޮޑެތި ފަސޭހަތަކެއް އަންނާނެ ކަމަށެވެ. އަދި މި ފްލައިޓްތަކަކީ ފަސިންޖަރުންނަށް އަރާމު، އަޑު މަޑު ފްލައިޓްތަކެއްކަން އިޔާސް ފާހަގަކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

އޭޓީއާރް މަރްކާގެ ސަބަބުން އުޅަނދަށް ބޭނުންވާ މެއިންޓެނަންސްގެ ހަރަދުތައް ވެސް ފުދޭވަރަކަށް ކުޑަވެގެން ދާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަން އިން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ފްލައިޓް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ދެ ފްލައިޓް އަދި ރާއްޖެ ގެނެސްފައެއް ނުވެއެވެ.

މިހާރު އާޓީއާރް މަރުކާގެ ތިން ބޯޓު ބޭނުން ކުރަމުންދާއިރު، ތިން ވަނަ ބޯޓު ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އަހަރު އޭޕްރިލް މަސް ތެރޭގައެވެ.

މޯލްޑިވިއަންއިން އޭޓިއާރް މަރުކާގެ ބޯޓުތައް ބޭނުން ކުރަމުން ދަނީ އެތެރޭގެ އުދުހުންތަކަށެވެ. ބޭރުގެ ދަތުރުތަކަށް ބޭނުން ކުރަމުން ދަނީ އޭ320ގެ ބޯޓެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް