Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

"ރޮބޮމޭން - ދަ މޫވީ" އާ މޫނުތަކަށް ފުރުސަތު ދެނީ

"ރޮބޮމޭން - ދަ މޫވީ" އާ މޫނުތަކަށް ފުރުސަތު ދެނީ

މީޑިއާނެޓްއާއި އޯކޭޒް އިންކްއިން ކުރިއަށް ގެންދަން ނިންމާފައިވާ އާ ޕްރޮޖެކްޓް "ރޮބޮމޭން - ދަ މޫވީ" އަށް އެކްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

މި ފިލްމަށް އާ މޫނުތައް ހޯދުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޑިޝަންތައް ބާއްވާއިރު، އެކްޓް ކުރުމަށް ޝައުގުވެރިވާ އަންހެން އަދި ފިރިހެން ކުދިންނަށް މި ފޯރިގަދަ ޕްރޮޑަކްޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޯކޭޒްއިން ބުނެއެވެ.

<img class="alignnone size-large wp-image-223140" src="https://cdn.dhen.mv/wp-content/uploads/2024/05/IMG_8259-1024x683.jpg" alt="" width="690" height="460" />

Advertisement
Ooredoo — Square (box)

މި ފިލްމަކީ، ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ހުރިހާ އުމުރަކާއި ގުޅޭ ގޮތަށް އުފެއްދުމަށް ނިންމާފައިވާ ފިލްމެކެވެ.

މަހުދީގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމާފައިވާ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ކެމެރާމަން އިބްރާހިމް ވިޝާން (ކަނޑި) އާއި ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރ، ކޮރިއޮގްރަފަރ، ޕްރޮޑިއުސަރ އަދި އެކްޓަރ މުހައްމަދު މުންތަސިރު (މުންކޮ)އެވެ.

އޮޑިޝަން ބާއްވާނެކަން އިއުލާނުކުރި ނަމަވެސް، ބާއްވާ ހިސާބުތަކާއި، ދުވަސްތައް އާންމުކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް