ޚަބަރު ސިޔާސީ

ޖަމީލު ހުއްޓައެއް ނުލެއްވި، ފައިސަލްއަށް އަނެއްކާވެސް ފުރައްސާރައިގެ ބަސްތަކެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ގެންދަވަނީ ވަޒީރު ފައިސަލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލްއަށް ނިސްބަތްކޮށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަނެއްކާވެސް ފުރައްސާރައިގެ ބަސްތަކެއް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޑރ. ޖަމީލާއި އޭނާގެ ކޮއްކޮ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގެންދަވަނީ ވަޒީރު ފައިސަލްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ރާއްޖެއިން ބޭރަށް ވަޑައިގެން ކޮށި އިނގިރޭސި ބަހުން ފައިސަލް ވާހަކަ ދައްކަވާތީ އެކަމަށް އެކި ގޮތްގޮތުން މަލާމާތާއި ފުރައްސާރައިގެ ބަސްތައް މި ދެބޭފުޅުންވެސް ގެންދަވަނީ އަމާޒު ކުރައްވަމުންނެވެ.

އަނެއްކާވެސް މިއަދު ޑރ. ޖަމީލު ވަނީ ފައިސަލްއަށް އަމާޒުކޮށް ފުރައްސާރައިގެ ބަސްތަކެއް ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ ފައިސަލްގެ "ޖާހިލު" ކަމުން ހައިރާންވެފައި ހުންނެވި ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 5 އަހަރު ދުވަހު ފައިސަލް ކޮބައިތޯ ސުވާލު އުފައްދަވަމުން ޖަމީލު ވިދާޅުވީ ކޮންމެ އާ ސަރުކާރަކާއިއެކު ފާޅުވާ ފާޅުވުމުން އެތައް ވާހަކައެއް ބުނެދޭ ކަމަށެވެ.

"ފައިސަލްގެ ހާޒިރުގައި ދުވަނީ ނެޕޮޓިޒަމްގެ ވަސް. ބޮޑާކަމާއިއެކު ނާކާމިޔާބީއާއި ލިޔަންކިޔަން ނޭނގުމުގެ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ކެބިނެޓެއްގައި ވަޒީރެއްގެ ގޮތުގައި ފައިސަލް ހުންނެވުމަކީ ބަދުނާމެއް ކަމަށެވެ. ސިއްރުކުރުމެއް ނެތި އެވާހަކަތައް ދަންނަވަން ޖެހޭތީ މައާފަށް އެދޭކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލުއާއި މަލީހުގެ ފާޑުކިޔުންތަކަށް ރައްދު ނުދެއްވައި ހުންނެވުމަށްފަހު ފައިސަލް ވަނީ ދާދި ފަހުން އެއްޗެއް ވިދާޅުވެފަ އެވެ. އެގޮތުން އެންމެ މޮޅަށް ކިޔަވައިގެން ހުންނެވި ބޭފުޅާކަމަށް ނުދަންނަވާ ކަމަށާއި އެހެންނަމަވެސް އެންމެ މޮޅު މީހާއަކީ އަނެކާއަށް އިހުތިރާމުކުރަން ދަންނަ މީހާކަމަށް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ފުރައްސާރަ ކުރިނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. ފައިސަލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އިނގިރޭސި ބަހުން ވާހަކަދައްކަވަން ނޭނގުނުއިރު އެމަނިކުފާނު ވެރިކަމަށް ގެންނަވަން ޑރ. ޖަމީލާއި މަލީހު މަސައްކަތް ކުރެއްވިކަންވެސް ފާހަގަކުރައްވައިފަ އެވެ.

Ads by HDC
  1. ޙައުލާ

    ތި ޖަމީލުއަކީ އަބަދުވެސް މީހުންނަށް ފުރައްސާރަ ކުރުމުގަ އަރާހުރި މީހެއް. އެކަމުގެ ހެއްކަކަށް ޚައުލަތު އަށް އޭރު ޓުވިޓާރ ގަ ކޮއްފަހުރި ފުރައްސާރަ ފުދޭނެ.

  2. އެކަލްއެކެޑަހަ މިކަލްމިކެޑަހަ

    މިސަރުކާރުން ޖަމީލަށް ކަމެއް ހަވާލު ނުކުރީ ފައިސަލެއް ނޫން. އެއީ ޑރ މުއިއްޒު ކުރެއްވި ކަމެއް. ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓުން ވާދަ ކުރަން ޕޕމ ޕނސ އިން ޑރ މުއިއްޒު ހޮވުނީ އެބެފުޅާގެ ކުޅަދާނަކަމުން. ޖަމީލު ހީކުރީ ތަބަކަކަށް ލާފައި ދޭނެކަމަށް. އެހެންވެގެން ޖަމީލު ބުނީ ތިޔަ ބުނާ އެއްކަލަ މުއިއްޒު އަކީ ތިނަވަނަ ޗޮއިސްއޭ. ޖަމީލަކީ ކޮން ޗޮއިސްއެއްތޯ؟

  3. ރައީސް ޞާލިހަށް ”ނުކިޔަވާ އިބޫ”އޭ ކިޔައި ފުރައްސާރަ ކުރި. މީހުމްގެ ތިޔަ ޒާތުގެ ކަންކަމާ ބެހެނީ ކިޔާނެ އެއްޗެއްް ނެތީމަ. ޖަމީލު އިނގިރޭސި ބަހަށް މޮޅުވެގެން ކުރެވުނު މޮޅުލަމެއް ކިޔާބަލަ! ބަލަންވީ ފައިސަލްގެ ފްލުއެންސީ އަކަށް ނޫން. ކުރާ ކަންކަމަށް.
    އޭނާ ނާގާބިލް ވީ ސަބަބު ދައްކަން ޖެހޭނީ ހިސާބުތަކުން. އިނގިރޭސިއަކުން ނޫމް.

  4. ޙަސަން

    ކޮށަކޮށަގެން ވެސް އެބުނާއެއްޗެއް ދޭހަވައްޏާ އެނިމުނީ. ފަސްއިގިލި އެއްވަރުތޯ ޖަމީލު ގާތުއަހާބަލަ..

  5. އަދުރޭ

    ތިޔަ ފައިސަލަކާ ހުރެ މި ގައުމުގެ އަގާއިނގަދަރު ގެއްލިޖެ
    ކޮން ތަރައްގީއެއް ގެނެވޭނީ ބުއްދީގަ އެއޗެއްނެތި
    ފުއްޖަހައިގެން ކޯތުލައިގެން ފޮޓޯ ނަގަން ދާ މީހެއް
    ެިސްތިއުފާ
    ބައްޕަގެ ބާރުގައި އަބަދަކު ނިހުރެވޭނެ
    އަދި އިހުތުރާމޭ އެބަ ބުނޭނު
    އެ ނުވެސް ދަނޭ ތި ފައިސަލެއް
    ރަށު މީހުންކުރެން އަހައިލާ
    ވަރަށް ވާހަކަ