Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގެއަކުން އެލްމިނިއަމް ފަތިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ގެއަކުން އެލްމިނިއަމް ފަތިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭ ގެއަކުން 27 އެލްމިނިއަމް ފަތި ވަގަށް ނެގި މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.

އެކަމެއް މިއަދު ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އާއްމުކުރި ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވައްކަން ކޮށްފައިވަނީ މއ. ޝާހިންގެއިންނެވެ. އަދި އެގެއިން އެލްމިނިއަމް ފަތިތައް ނަގައިގެން ހުއްޓާ އެތަނުގައި މަސައްކަތްކުރި ބިދޭސީ ދެ މީހަކަށް ފެނިގެން އޭނާ ހިފަހައްޓާފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައިގައި ވައްކަން ކުރުމުގެ ތުހުމަތު ކޮށްފައިވާ ފަރާތުން ބުނެފައިވަނީ، އޭނާ އެގެއަށް ވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އެކަމަކު ވައްކަން ކުރުމުގެ ނިޔަތުގައު ނޫން ކަމަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް