Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހުމުން، ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

މަގުހުރަސްކުރި  މީހެއްގެ ގައިގައި ކާރުން ޖެހުމުން، ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި

ހުޅުމާލެ ދިއްދޫ ހޮޓާ ކައިރިން މަގު ހުރަސް ކުރަނިކޮށް ކާރަކުން ޖެހި އަނިޔާވި އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވި މައްސަލައެއްގައި، ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ 8:23 ހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް