Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފޯ ސީޒަންސް އެޕްރެންޓިސްޝިޕް: ދޫކޮށްލާ ވަރުގެ ފުރުސަތެއް ނޫން!

ފޯ ސީޒަންސް އެޕްރެންޓިސްޝިޕް: ދޫކޮށްލާ ވަރުގެ ފުރުސަތެއް ނޫން!

ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށާއި، ޒުވާނުންގެ ހުނަރު ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ފޯ ސީޒަންއިން ކުރިއަށްގެންދާ އެޕްރެންޓިޝިޕް ޕްރޮގްރާމްގެ ވޯކްއިން އިންޓަވިއު މާދަމާ ލ. ފޮނަދޫގައި ބާއްވަން ނިންމައިފިއެވެ.

މި ޕްރޮގްރާމުގައި ފުޑް ޕްރިޕަރޭޝަނާއި، ފުޑް އެންޑް ބެވެރެޖް ސާވިސް އާއި ވޯޓާ ސްޕޯޓްސް އަދި ޕެޑީ ޑައިވް މާސްޓާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން މެރިން ބައޮލޮޖީއާއި ރީޓެއިލާއި، ހައުސް ކީޕިންގް އެންޑް ގެސްޓް ސާވިސްގެ އިތުރުން ރިސޯޓް ފޮޓޯގްރަފީ ފަދަ އެތަކެއް ދާއިރާތަކަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް، މިއީ ރަނުގެ ފުރުސަތެކެވެ.

Advertisement
Ooredoo — Square (box)

<img class="alignnone wp-image-223911 size-full" src="https://cdn.dhen.mv/wp-content/uploads/2024/05/photo1715793985.jpeg" alt="" width="800" height="670" />

އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ރަނގަޅަށް މަސައްކަތްކުރާ ކުދިންނަށް ފޯސީޒަންސްގެ ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. އަދި މި ޕްރޮގްރާމް ނިންމާ ކޮންމެ ކުއްޖަކަށް ސެޓްފިކެޓް ވެސް ލިބިގެންދާނެއެވެ. މި ސެޓްފިކެޓަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަން ބަލައިގަންނަ، ޑިގްރީ ސެޓްފިކެޓަކަށްވުރެ އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އަގުހުރި ސެޓްފިކެޓެެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވެނީ އުމުރުން 16 އަހަރާއި 20 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އަދި ޕްރޮގްރާމަށް ކުދިން ހޮވުމުގެ ވޯކްއިން އިންޓަވިއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ޖޭމް ކިޗަންގެ ފުރަތަމަ ފަންގިފިލާގައި މާދަމާ ހެނދުނު 11 އިން މެންދުރުފަހު 3 ގެ ނިޔަލަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް