Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައްޑޫއާ ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފި

އައްޑޫއާ ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފި
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް ނެރެފިއެވެ.

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ފުވައްމުލަކުން ސިޓީން ފެށިގެން އައްޑޫ ސިޓީ އަށެވެ. އެސަރަހައްދަށް ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ އަށް އަތޮޅަށް އޮރެންޖް އެލާޓް ނެރެފައި ވަނީ މެންދުރު ތިނަކުން މިރޭ ހަތަކަށެވެ.

https://twitter.com/MetMaldives/status/1791763225136255185 އަދި ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ. މެޓުން ބުނީ، އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ހަވީރު 17:30 އާ ހަމަޔަށެވެ. މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި މޫސުން ރަނގަޅު ވަންދެން ދަތުރުތައް މަޑުޖައްސާލަންވެސް އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް