Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އައިސީސީ ގައި އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އައިސީސީ ގައި އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުގެ އަމުރު ހޯދުމަށް ހުށަހެޅި މައްސަލައަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި ބޮޑުވަޒީރު ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައިވާ ކަމަށް އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ކާން ވަނީ ވިދާޅުވެފައެވެ. އަދި އެ ދައުވާ އަކީ ނަސްލު ނައްތާލުމަށް މަގުފަހިކޮށްދިނުމާއި، ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

 

Advertisement
HDC — Sidebar (box)

މި މައްސަލައާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

https://twitter.com/MMuizzu/status/1792553702513152487

އެއްވެސް ގައުމަކީ ބައިނަލްއަގްވާމީ ގާނޫނުތައް ނުހިނގާ ވަރަށްވުރެ މަތީ ގައުމެއް ނޫން ކަމަށާއި، ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ މީހުން ޖަވާބުދާރީވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ސާބިތުވާ ވަރަށް ހެކި ޕްރޮސެކިއުޓާ އޮފީހުން އެއްކޮށްފައިވާނެ ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ކޮންމެވެސް ގޮތެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް