Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުޅުމާލޭގައި ބިދޭސީ މީހާ ހައްޔަރުކުރީ ތޫނުއެއްޗަކުން ހަމަލާ ދިނުމުން

ހުޅުމާލޭގައި ބިދޭސީ މީހާ ހައްޔަރުކުރީ ތޫނުއެއްޗަކުން ހަމަލާ ދިނުމުން

ހުޅުމާލޭގައި ދިވެއްސަކަށް  ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މިކަން ހިނގާފައިވަނީ ހުޅުމާލެ އެއްވަނަ ފިޔަވަހީގެ ލަންސިމޫ މަގުގައި ކަމަށެވެ. އަދި އެކަން ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަންޒަރު ދުށް މީހުން ކިޔަދިން ގޮތުންނަމަ ވަޅިން ހަމަލާދިން މީހާ ހުއްޓުވީ ދެ ދިވެއްސަކު ވެގެންނެވެ. އެ މީހުން ކިޔައި ދިން ގޮތުންނަމަ ހަމަލާދިން ބިދޭސީ މީހާ އަކީ އިންޑިއާ މީހެކެވެ.

Advertisement
Allied — Dhen Online (box)

'އޭނާ (ބިދޭސީ މީހާ) އެ މީހާ ފަހާ ދުވަން ފެށީމަ ދެ މީހަކު އައިސް ހުއްޓުވި، އޭނާ ދިޔައީ ވަޅި ހޫރަމުން، '' އެ ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ.

ނަމަވެސް މާރާމާރީ ހިނގަން މެދުވެރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިތުރަށް ފުލުހުން ބުނީ، އަނިޔާވި މީހާއަށް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ. ބިދޭސީ މީހާ ވަޅިން ދިން ހަމަލާގެ ސަބަބުން އަނިޔާ ވެފައިވަނީ އެ މީހާގެ އަތަަށް ކަމަށާއި، ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި މައްސަލަ ދަނީ ފުލުހުން ތަހުގީގް ކުރަމުންނެވެ. އަދި އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް