ޚަބަރު ސަރުކާރު

ނޭޗާ ޕާކް ތަރައްގީ ކުރަން 23 ހުށަހެޅުމެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ތަރައްޤީ ކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 23 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ނޭޗާ ޕާކް ތަރައްގީ ކުރަން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ހުށަހެޅުންތައް މިހާރު އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"އިވެލުއޭޓު ކުރުމަށް ފަހު ނޭޗަ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތަށް ދެން ކުރަން ޖެހޭ މަސައްކަތް މި އަހަރު ފަހުކޮޅު ކުރެވިގެންދާނެ ވާހަކަ ދަންނަވާލަން" މިނިސްޓަރު ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވީ ނޭޗަރ ޕާކުތައް ޤާއިމް ކުރުމުގެ އިތުރަށް މި ފަސް އަހަރުގެ ތެރޭގައި 3 ސަރަހައްދެއްގައި ބަޔޯސްފިއަރ ރިޒާވް ޤާއިމް ކުރުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ބަޔޯސްފިއަރ ރިޒާވް ޤާއިމްކުރުމަށް މިފަހަރު ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަ ޕާކެއް ޤާއިމްކޮށް އިތުރު ތިން ބަޔޯސްފިއަ ރިޒާވް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!