Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކޮށްފި

13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކޮށްފި

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން މިއަދު 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކުޑަކުއްޖަކަށް ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، އެ މައުލޫމާތު ފުލުހުން ހިއްސާކުރީ އިއްޔެއެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ނޯތު ޕޮލިސް ޑިވިޒަނަށެވެ.

Advertisement
Allied — Dhen Online (box)

ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ.

ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކުރިއެވެ. އެނގިފައިވާ ގޮތުން ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ މި މައްސަލައިގައި ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ މީހާއެވެ.

https://twitter.com/PoliceMv/status/1793952607482138833

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް