ޚަބަރު

ށ އިން ލަފްޒު ހަދަން އުޅުނު ވާހަކަ އާދަމް ނަސީރު ދޮގު ކުރައްވައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ގައުމިއްޔަތާ ބެހޭ މިނިސްޓަރ އާދަން ނަސީރު

ށ އިން ފެށޭ ލަފްޒު އުފައްދަން އުޅުނު ވާހަކަ ގައުމިއްޔަތާ ބެހޭ މިނިސްޓަރ އާދަން ނަސީރު ދޮގުކުރައްވައިފިއެވެ.

Ads by STELCO

ށ އިން ފެށޭ ފަސް ލަފްޒު އުފައްދާނެ ކަމަށް މިނިސްޓަރު ވިދާޅުވީ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ހިންގާ ނޫސް ވެބްސައިޓެއްގައި ލިޔެފައިވެއެވެ. އެ ލިންކް ސޯޝިއަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން އެބަދެއެވެ.

މިކަމާއި ގުޅިގެން މީހަކު ސުވާލުކުރުމުން ނަސީރު ވަނީ އެ ވާހަކަ ދޮގު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަތަކެއް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ށ. އިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ. އެއީ، އެ އަކުރުގެ އަޑަކީ ލަފްޒެއްގެ ފެށުމަށް އުފައްދަން ދަތި އަޑަކަށް ވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ށ. އިން ލަފްޒެއް އުފެއްދުމަކީ، އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ އަދި ތަރުހީބުދެވޭ ކަމެއް ނޫން،" ނަސީރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!