Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނޭޕާލް މީހާ ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ނޭޕާލް މީހާ ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ގެސްޓް ހައުސްއެއްގައި ނޭޕާލް މީހަކު ބަންދުކޮށްގެން ގެންގުޅު މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިިފިއެވެ.

އިއްޔެ ފުލުހުން ބުނީ، އެ މީހާ ބަންދުކޮށްގެން ގެންގުޅެފައިވަނީ، ވެރިރަށް މާލޭގެ މާފަންނުގައި ހުރި ގެސްޓް ހައުސެއްގައި ކަމަށެވެ. އަދި އެ މީހާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރަނީ ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ފުލުހުން ބުނީ، މި މައްސަލައިގައި ބަންދުކުރި ދެމީހުންގެ ތެރެއިން އެކަކު މިއަދު ދޫކޮށްލައިފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement
Ooredoo — Square (box)

އެ މީހާ ބަންދުކޮށްގެން ގެންގުޅުނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. މި މައްސަލައަކީ ފުލުހުން ތަހުގީގް ކުރަމުންދާ މައްސަލައަކަށްވާތީ، އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް